ޓްރެއިނިންގ ޕެނަލް:
މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމާއި އެޗް
އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ދިރާސާކުރުމާއި
އަދި ތަމްރީނު ދިނުމުގައި ކޮމިޝަނާއި ގުޅިގެން މަސައްކަތްކުރުން.
ޕަރސެނަލް ޕެނަލް:
މުވައްޒަފުންގެ ވަޒީފާއާގުޅޭ ލިޔެކިއުންތަކާއި، ރެކޯޑް ބަލަހައްޓަނީ ގަވާއިދާ
އެއްގޮތަށްތޯ ބަލައި، ޚާއްޞަކޮށް ވަޒީފާގައި ދިމާވާ މައްސަލަތައް ބަލައި
ދިރާސާކޮށް، އެޗް އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު
ފޯރުކޮށްދިނުމާއި އަދި ކޮމިޝަނާއި ގުޅިގެން މަސައްކަތްކުރުން.
ކޮމްޕްލަޔަންސް ޕެނަލް:
ދާއިރާގެ ކޮމްޕްލަޔަންސް އޮޑިޓާއި މެނޭޖްމަންޓް އޮޑިޓް ހެދުމަށް ބޭނުންވާ
ލަފާ އެޗް އާރް ކޮމިޓީއަށް ދިނުމާއި، ދާއިރާއާއި ދާއިރާއިން ބޭރުގެ މެނޭޖްމަންޓް
އޮޑިޓް ހެދުމުގައި ދިރާސާކޮށް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު
ފޯރުކޮށްދިނުމާއި އަދި ކޮމިޝަނާއި ގުޅިގެން ކޮމްޕްލަޔަންސް މަސައްކަތްކުރުން.