» » ފެންވަރު ބެލުން - މަސައްކަތް އަހަރު ދެބައިވުމުން މިޑް އިޔަރ ރިވިއުހެދުން

ފެންވަރު ބެލުން - މަސައްކަތް އަހަރު ދެބައިވުމުން މިޑް އިޔަރ ރިވިއުހެދުން


މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަމުން ދާއިރު، މަސައްކަތު އަހަރު ދެބައިވުމުން، މިޑްޔިއާރ ރިވިއު ހެދުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރުން މުހިންމެވެ. 
  1. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު މިޑް ޔިއަރ ރިވިއު ރިޕޯރޓް ނިންމުމަށްފަހު 30 ޖޫން ގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުމަށް އިދާރާތަކުގައި ދެންނެވުން 
  2. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު މިޑް ޔިއަރ ރިވިއު ރިޕޯރޓް 30 ޖޫން ގެ ނިޔަލަށް ނިންމުން 
  3. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު އިދާރާގެ މިޑް ޔިއަރ ރިވިއު ރިޕޯރޓް 30 ޖޫން ގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުން 
  4. އަހަރު ދެބައި ވުމުން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މަސައްކަތް ރިވިއުކުރެވޭކަން ކަށަވަރުކުރުން 
  5. އަހަރު ދެބައި ވުމުން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މަސައްކަތް ރިވިއުކުރުން އެދެވޭގޮތެއްގައި ކުރިޔަށް ދިޔަކަން ކަށަވަރުކުރުން 
  6. ސުޕަރވައިޒަރާއި މަޝްވަރާކޮށްގެން މިޑްޔިއާރ ރިވިއު ނިންމުން (ސަޕޯރޓް ސަރވިސް ގެ މުވައްޒަފުން ފިޔަވައި) 
  7. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު މިޑް ޔިއަރ ރިވިއު ރިޕޯރޓް ނިންމުމަށްފަހު 30 ޖޫން ގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 05 ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުހުލަތުދިނުމާއިއެކު އިދާރާގެ ވެރިޔާއަށް ލިޔުމުން އެންގުން 
  8. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު މިޑް ޔިއަރ ރިވިއު ރިޕޯރޓް ނިންމުމަށްފަހު 05 ޖުލައިގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 10 ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުޙުލަތުދިނުމާއިއެކު، ޑީ.ސެކްޝަނުގެ ފަރާތުން އެ އިދާރާގެ ވެރިޔާއަށް އަނގަބަހުން ނަސޭހަތްތެރިވުން
  9. މުވައްޒަފާއި މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތްތަކާއި ޓާރގެޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ފޯރމުގައި ލިޔެ ސޮއިކުރުވުމަށްފަހު މިޑް ޔިއަރ ރިވިއު ރިޕޯރޓް ނިންމުމަށްފަހު 10 ޖުލައިގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، ޕާރމަނަންޓް ސެކްރެޓަރީ ކަނޑައަޅުއްވާ ގޮތެއްގެމަތިން އެ އިދާރާއެއްގެ ވެރިޔާއާއަށް ލިޔުމުން ނަސޭޙަތްތެރިވުން 
=http://vazankurun.blogspot.in ބްލޮގުން ނަގާފައިވާ ލިޔުމެއް=
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ