ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް ގެނެވުނު އެންމެހާ
އިޞްލާޙުތަކާއި ސިވިލް ސަރވިސްގެ އިދާރާތަކާއި އާންމު ފަރާތްތަކުން ކޮމިޝަނަށް
ހުށަހަޅުއްވަމުން ގެންދަވާ ޚިޔާލުތައް ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު
އިޞްލާޙުކޮށް، ޝާޢިއުކުރުމަށް މި ކޮމިޝަނުން ކުރަމުންދާ މަސައްކަތް އެންމެ
ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި މި ގަވާއިދުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ
ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ގަވާއިދުގެ
ޑްރާފްޓް މި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި ޚިޔާލު ހުށަހެޅުއްވުމަށްޓަކައި
” ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އިގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުން” މި
ފޯމު ފުރުއްވުމަށް ފަހު ސިޓީ، އީ- މެއިލް އަދި ފެކްސް މެދުވެރިކޮށް މި ކޮމިޝަނަށް
ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. ޚިޔާލު ހުށަހެޅުމުގެ
އެންމެ ފަހު ތާރީޚަކީ 31 މެއި 2014 އިގެ ނިޔަލެވެ.
ވީމާ، އިސްވެ ދެންނެވުނު ގޮތަށް “ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014″ އިގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުއްވުމަށް އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ
ދެންނެވީމެވެ.
އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ
|
|
|
|
|
|
|
|
ސިވިލް
ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި





