ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހު
ކުރިއަރުވައި، ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ
ފެންވަރު މަތިކޮށް، އެޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް އާންމުކުރުމުގެ
މަޤްޞަދުގައި ދިވެހި ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއާއި ކޮމިޝަނާ ގުޅިގެން
އެކުލަވާލާފައިވާ 2015 ވަނަ އަހަރުގެ ސިވިލް ސަރވިސްގެ އަހަރީ ކަލަންޑަރު މި
ސަރކިއުލަރއާ އެކު އާންމުކުރީމެވެ.
މި ކަލަންޑަރުގައި މަސްޢޫލު އޮފީސްތަކުން އިސް ނަންގަވައިގެން ކުރިއަށް
ގެންދެވުމަށް ހިމަނާފައިވާ ހަރަކާތްތައް ކަލަންޑަރާ އެއްގޮތަށް ކުރިއަށް ގެންގޮސް
ދެއްވައި، އެ ހަރަކާތްތައް ހިނގާދިޔަ ގޮތުގެ ރިފޯޓެއް މި ކޮމިޝަނަށް ފޮނުއްވައި
ދެއްވުން އެދި ދެންނެވީމެވެ.
އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ
ސިވިލް
ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި