ސިވިލް ސަރވިސްގެ
މުވައްޒަފުންގެ އިޖުތިމާޢީ ރޫޙު އާލާކޮށް ދިރިއުޅުމާއި، މުވައްޒަފުންގެ
ދުޅަހެޔޮކަމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ވިސްނުން ބައްޓަންކުރަން މަގުފައހި
ކުރުމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކާއި
މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ގުޅިގެން ނަތީޖާ ޙާސިލުކުރުމުގެ
ވިސްނުން އަށަގެންނެވުމުގެ މަޤުޞަދުގައި މި އަހަރުވެސް ސިވިލް ސަރވިސް ދުވަސް، 1
މެއި 2013 ގައި ފާހަގަ ކުރުމަށް ސިވިލް ސަރވިސްގެ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ
މަތިން މިކޮމިޝަނުން ވަނީ ނިންމާފައެވެ. 1
މެއި ގޮތުގައި މި ދުވަސް ފާހަގަ ކުރަނީ، 2008 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ
ދުވަހު، ދިވެހި ސިވިލް ސަރވިސް ޚިދުމަތް މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި
ބައްޓަންވެގެން ދިޔަ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.
މިއަހަރުގެ
ސިވިލް ސަރވިސް ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖފެހިފައިވާ ޙަރަކާތްތައް އެނގޭނެ
ކަރުދާހެއް މިސަރކިއުލާރއާއެކު ވާނެއެވެ.
މިދުވަހުގެ ޙަރަކާތްތަކުގެ މަޤުޞަދު ފުރިހަމަ ގޮތުގައި ޙާޞިލުވެގެންދާނީ،
ފާއިތުވި އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ މިޙަރަކާތް ތަކުގައިވެސް ސިވިލް
ސަރވިސްގެ އެންމެހައި އިދާރާތަކެއްގެ މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއެކު
ކަމަށްވާތީ، ސިވިލް ސަރވިސްގެ މުވައްޒިފުން މިޙަރަކާތްތަކުގައި ބައިވެރިވެ
ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.
ސިވިލް ސަރވިސް
ދުވަސް ފާހަގަ ކުރުމަށް ހިންގާ އެކިއެކި ޙަރަކާތްތަކުގައި ސިވިލް ސަރވިސްގެ
ޝިޢާރާއި ލޯގޯ އަދި ބެޖު ބޭނުންކުރައްވަމުން ގެންދެވުން އެދެމެވެ. މި ޝިއާރު، ލޯގޯ އަދި ބެޖް މިސަރކިއުލަރ އާއި
އެކު ހިމަނާފައި ވާނެއެވެ.




