އިދާރީ ދާއިރާގެ މަގާމުތަކުގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠާއި، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އިޞްލާޙު ކުރުން

ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި، ދިވެހި ސިވިލް ސަރވިސްއަށް ޒަމާނީ އައު ގޮތްތައް ތަޢާރަފް ކުރުމުގެ ގޮތުން، "އިދާރީ ދާއިރާގެ މަގާމުތަކުގެ ވަޒީފާގެ އޮނިގަނޑު" އެކުލަވާލައި، "ދިވެހި ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު" އާއި، 1 ފެބުރުއަރީ 2012 ގައި ޢާއްމު ކުރެވުނު "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" އިޞްލާޙުކޮށް، 1 އޭޕްރީލް 2013 އިން ފެށިގެން ޢަމަލުކުރުމަށް މި ސަރކިއުލަރއާއެކު އާއްމު ކުރަމެވެ.
31 މާރޗް 2013 އާ ހަމައަށް، ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ހޯދުމަށް ކުރެވޭ އަދި ކުރެވިފައިވާ އިޢުލާނުތަކަށް މީހުން ހޮވާ ޢައްޔަން ކުރުމުގައި، މިހާރު ޢަމަލުކުރަމުންދާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ. އަދި މިފަދަ އިޢުލާންތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ވަޒީފާތަކުގެ މައްސަލަތައް ނިންމުމަށް 31 މެއި 2013 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހެޅުމަށާއި، އެ ތާރީޚުގެ ފަހުން މިފަދަ އިޢުލާނަކާ ގުޅިގެން އެއްވެސް ފަރާތަކަށް ވަޒީފާ ހަމަޖައްސައި ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
1 އޭޕްރީލް 2013 އިން ފެށިގެން ވަޒީފާތަކަށް އިޢުލާން ކުރުމާއި، މީހުން ހޮވާ ޢައްޔަން ކުރުމުގައި "އިދާރީ ދާއިރާގެ ވަޒީފާގެ އޮނިގަނޑު" އާއި، އިޞްލާޙު ކުރެވުނު "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" (ފުރަތަމަ އިޞްލާޙު) އަދި "ދިވެހި ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުތު" (ދެވަނަ އިޞްލާޙު) އާ އެއްގޮތަށް ސިވިލް ސަރވިސްގެ ހުރިހާ އިދާރާއަކުންވެސް ޢަމަލު ކުރުމަށް ދަންނަވަމެވެ.
މިސަރކިއުލަރ އަށް ޢަމަލުކުރަން ފެށުމާއެކު، "އެސިސްޓެންޓް ޑިރެކްޓަރ އިން ފެށިގެން މަތީ މަގާމުތަކަށް މީހުން ހަމަޖެއްސުން ވަގުތީ ގޮތުން ހުއްޓާލުމަށް" މި ކޮމިޝަނުން ސިވިލް ސަރވިސްގެ އިދާރާތަކަށް އަންގާފައިވާ މި ކޮމިޝަނުގެ ނަންބަރު 188-A/CIR/2012/114 (03 އޮކްޓޫބަރު 2012)
ސަރިކިއުލަރ ނޯޓާއި، "އިދާރީ މަގާމުތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް އިޢުލާނު ކުރުމުގައި ޝަރުޠު ހިމަނާނޭ ގޮތް" ސިވިލް ސަރިވިސްގެ އިދާރާތަކަށް
އަންގާފައިވާ މިކޮމިޝަނުގެ ނަންބަރު 188-P/CIR/2012/02 (03 ޖެނުއަރީ
2012) ސަރކިއުލަރ ނޯޓަށް ޢަމަލުކުރަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.




