ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން 2013 ވަނަ އަހަރު ސިވިލް ސަރވިސްގެ އިދާރާތަކަށް މުވައްޒަފުން ލެއްވުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލު

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބަޖެޓާއި ބެހޭ ސަރކިއުލަރ ނަންބަރު ( 6 ފެބުރުއަރީ 2013) ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ފުއްދުމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ މުވައްސަސާތަކުން މަގާމުތައް އުފެއްދުމާއި މުވައްޒަފުން ހަމަޖެއްސުމުގައި ޢަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި، ސިވިލް ސަރވިސް އިދާރާތަކުން 2013 ވަނަ އަހަރު ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބަޖެޓާއި ބެހޭ ސަރކިއުލަރ ނަންބަރު ( 6 ފެބުރުއަރީ 2013) ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން ފުއްދުމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ މުވައްސަސާތަކުން މަގާމުތައް އުފެއްދުމާއި މުވައްޒަފުން ހަމަޖެއްސުމުގައި ޢަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި، ސިވިލް ސަރވިސް އިދާރާތަކުން 2013 ވަނަ އަހަރު ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.
މިނިސްޓްރީތަކާއި އެ
ތަންތަނުގެ ދަށުން ހިނގަމުންދާ އިދާރާތައް:
- 2013 ވަނަ އަހަރުގެ ތެރޭގައި ހުސްވާ މަގާމުތަކުގެ ތެރެއިން، އެ އޮފީހަކަށް ކަނޑައަޅާ ފާސްކޮށްފައިވާ އޮނިގަނޑުގައިވާ މަގާމުތަކަށްވުރެ އިތުރުނުވެ، އެ އޮފީހަކަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް، ބަޖެޓުން ޚަރަދު ހަމަޖެއްސޭނަމަ، އެ އޮފީހަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން.
- 2013 ވަނަ އަހަރުގެ ތެރޭގައި ހުސްވާ މަގާމުތަކުގެ އިތުރުން، އެ އޮފީހެއްގެ އޮނިގަނޑުގައި ހިމެނޭ، ކޮންމެހެން ބޭނުންވާ ފަންނީ މަގާމުތަކަށް ބަޖެޓްގައި ޚަރަދުކުރެވެން ހުރިނަމަ، އެ އޮފީހަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން.
- 2013 ވަނަ އަހަރުގެ ތެރޭގައި މަސައްކަތެއް އިތުރުވުމުގެ/ބަދަލުވުމުގެ ސަބަބުން އަލަށް މަގާމެއް އުފައްދާނަމަ، އިތުރުވި/ބަދަލުވި މަސައްކަތް ބަޔާންކޮށް މި ކޮމިޝަނަށް ހުށަހަޅައި، މި ކޮމިޝަނުން ކަނޑައަޅާ މަގާމުތަކަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް، މަސްއޫލު އޮފީސް މެދުވެރިކޮށް ލިޔެ، މަގާމަށް މީހަކު ހަމަޖެއްސުމަށް ބޭނުންވާ ޚަރަދު ކުރުމުގެ ހުއްދަ ލިބުމުން، އެ ހުއްދައާއެކު މަގާމު އުފެއްދުމަށް ކޮމިޝަނަށް ލިޔެ، ކޮމިޝަނުން މަގާމު އުފެއްދުމުން، އެ އޮފީހަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން.
- ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާ އަށް ބޭނުންވާ ފަންނީ މަގާމުތަކަށް، ކޮމިޝަނުން ފާސްކޮށްފައިވާ ރިކްއަރމެންޓާއި އެއްގޮތަށް، ބަޖެޓު ތަންދޭ މިންވަރަކުން 2013 ވަނަ އަހަރު ކޮންމެހެން ބޭނުންވާ ޢަދަދަށް މުވައްޒަފުން ހޯދުން
އަތޮޅު، ރަށު އަދި ސިޓީ ކައުންސިލްތަކުގެ އިދާރާތައް:
- 2013 ވަނަ އަހަރުގެ ތެރޭގައި ހުސްވާ މަގާމުތަކުގެ ތެރެއިން، އެ އިދާރާއަކަށް އިތުރު ނުވެ، ކޮންމެހެން ބޭނުންވާ މަގާމުތަކަށް ބަޖެޓުން ޚަރަދު ހަމަޖެއްސޭނަމަ، އެ އިދާރާއަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން. ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ އޮނިގަނޑުތަކުގެ މަގާމުތަކުގެ ޖުމުލަ ޢަދަދުކަމަށް ބަލާނީ، މި ސަރކިއުލަރގެ 11 ވަނަ ނަންބަރުގައިވާ ޢަދަދެވެ.
- 2013 ވަނަ އަހަރުގެ ތެރޭގައި ހުސްވާ މަގާމުތަކުގެ އިތުރުން، އެ އިދާރާއެއްގެ އޮނިގަނޑުގައި ހިމެނޭ، ކޮންމެހެން ބޭނުންވާ ފަންނީ މަގާމުތަކަށް ބަޖެޓްގައި ޚަރަދުކުރެވެން ހުރިނަމަ، އެ އޮފީހަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން. ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ އޮނިގަނޑުތަކުގެ މަގާމުތަކުގެ ޖުމުލަ ޢަދަދުކަމަށް ބަލާނީ، މި ސަރކިއުލަރގެ 11 ވަނަ ނަންބަރުގައިވާ ޢަދަދެވެ.
- 2013 ވަނަ އަހަރުގެ ތެރޭގައި މަސައްކަތެއް އިތުރުވުމުގެ/ބަދަލުވުމުގެ ސަބަބުން އަލަށް މަގާމެއް އުފައްދާނަމަ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް، އެ އިދާރާއަކުން ލިޔެ، މަގާމަށް މީހަކު ހަމަޖެއްސުމަށް ބޭނުންވާ ޚަރަދު ކުރުމުގެ ހުއްދަ ލިބުމުން، އެ ހުއްދައާއެކު މަގާމު އުފެއްދުމަށް ކޮމިޝަނަށް ލިޔެ، ކޮމިޝަނުން މަގާމު އުފެއްދުމުން އެ އިދާރާއަކުން އިޢުލާނުކޮށް މުވައްޒަފުން ހޯދުން.
- އަތޮޅު ކައުންސިލްތަކުގެ އިދާރާތަކުގެ ތެރެއިން ސިވިލް ސަރވިސްގެ އެންމެ އިސް މަގާމަށް މުވައްޒަފެއް ނެތް އިދާރާތަކަށް ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލް ގެ މަގާމަކަށް މީހަކު ހަމަޖެއްސުން.
- ރަށު ކައުންސިލްތަކުގެ އިދާރާތަކުގެ ތެރެއިން ސިވިލް ސަރވިސްގެ އެންމެ އިސް މަގާމަށް މުވައްޒަފެއް ނެތް އިދާރާތަކަށް، މި ސަރކިއުލަރ ގެ ނަންބަރު 11 ގައި ބަޔާންކުރާ މުވައްޒަފުންގެ ޖުމުލަ ޢަދަދުގެ ތެރެއިން އެސިސްޓެންޓް ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ ގެ މަގާމަކަށް މީހަކު ހަމަޖެއްސުން.
- ސިޓީ ކައުންސިލްތަކުގެ އިދާރާތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް މަގާމުގައި މުވައްޒަފެއް ނެތް އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލް ގެ މަގާމަކަށް މީހަކު ހަމަޖެއްސުން.
- ރަށު ކައުންސިލްތަކުގެ އިދާރާތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި، ތިރީގައިވާ ޓޭބަލްގައިވާ ޢަދަދަށްވުރެ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޖުމުލަ އަދަދު އިތުރު ނުވާނޭ ގޮތުގެ މަތިން، ކައުންސިލްތަކަށް މުވައްޒަފުން ހޯދުން. (މި ޖުމުލަ އަދަދުގެ ތެރޭގައި އިމާމު/މުދިމު، މިސްކިތު މަސައްކަތު، މަސައްކަތު، ނެވި، ލޯންޗް ޑްރައިވަރ، ޑްރައިވަރު އަދި ފަޅުވެރި، މި މަގާމުތައް ނުހިމެނޭނެއެވެ.)
ރަށު ކައުންސިލްގެ
އާބާދީ
|
ރަށު
ކައުންސިލްތަކުގައި 2013 ވަނަ އަހަރު އެންމެ ގިނަވެގެން ތިބެވޭނެ މުވައްޒަފުންގެ
މުޅި ޖުމްލަ
|
500 އަށްވުރެ ކުޑަ
|
4
|
500-1000
|
5
|
1000-2000
|
6
|
2000-3000
|
7
|
3000-5000
|
9
|
5000-8000
|
11
|
މަގާމުތަކަށް މީހުން ހޯދުމުގައި ސަމާލުކަން ދެއްވަންވީ ކަންތައްތައް:
- މި ސަރކިއުލަރ ގައި ކަނޑައަޅައި 2013 ވަނަ އަހަރު ސިވިލް ސަރވިސްގެ އިދާރާތަކުން ޢަމަލުކުރުމަށް ޢާއްމުކޮށްފައި މިވާ އުޞޫލުތަކާއި ޚިލާފަށް އެއްވެސް އިދާރާއަކުން މުވައްޒަފެއް ހޯދުމަށް އިޢުލާނުކޮށް ވަޒީފާ ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅި ކަމުގައިވިޔަސް، އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައެއް ނުދެވޭނެއެވެ. އަދި މިފަދަ ޢަމަލެއް ހިންގައިފިނަމަ، އެ މީހަކު އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ވާނެއެވެ. އަދި އެފަދަ ޢަމަލެއް ކުރީ ސިވިލް ސަރވިސްގެ މުވައްޒަފެއް ނަމަ، އެ މުވައްޒަފަކާ މެދު، އެ މުވައްޒަފެއްގެ މައްޗަށް ހުރި ވެރިޔަކު ޤާނޫނީ ފިޔަވަޅު އަޅަންވާނެއެވެ.
- ސިވިލް ސަރވިސްގެ އިދާރާތަކަށް އަލަށް މުވައްޒަފުން ލެއްވުން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަޑުޖައްސާލުމަށް ފެންނަ ކަމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު (27 ފެބުރުއަރީ 2013) ސިޓީއިން އަންގަވާފައިވާތީ، އެކަމަށް ސިވިލް ސަރވިސްގެ އިދާރާތަކުން ސަމާލުކަން ދެއްވުންވެސް އެދެމެވެ.
މި ސަރކިއުލަރ އަށް ޢަމަލުކުރަން ފެށުމާއެކު، މި ކޮމިޝަނުގެ ނަންބަރު 8/2012 (22 އޭޕްރިލް 2012) ސަރކިއުލަރ އަށް ޢަމަލު ނުކުރާގޮތަށް ކޮމިޝަނުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.




