» , » ފެންވަރު ބެލުން - ރިޕޯރޓް ނިންމުން

ފެންވަރު ބެލުން - ރިޕޯރޓް ނިންމުން


މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމަށްފަހު، ރިޕޯރޓް ތައްޔާރުކޮށް ނިންމުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރުން މުހިންމެވެ. 
  1. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް 07 ނޮވެމްބަރގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުމަށް ދާއިރާގެ ހުރިހާ އިދާރާތަކުގައި ދެންނެވުން 
  2. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް ނިންމާ، މުވައްޒަފުންނާއި މަޝްވަރާކުރުމަށްފަހު، 07 ނޮވެމްބަރުގެ ނިޔަލަށް މުވައްޒަފުން ލައްވާ ސޮއިކުރުވުން 
  3. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް ނިންމާ، މުވައްޒަފުންނާއި މަޝްވަރާކޮށް، މުވައްޒަފުން ލައްވާ ސޮއިކުރުވުމަށްފަހު، 07 ނޮވެމްބަރުގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުން 
  4. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް ތައްޔާރުކޮށް 07 ނޮވެމްބަރުގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 13 ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުޙުލަތުދިނުމާއިއެކު، މި މަސައްކަތަކީ އިތުރަށް ފަސްކުރެވެން ނެތް މަސައްކަތަކަށްވާތީ އިދާރާގެ ވެރިޔާ އަހަރީ ޗުއްޓީއަށް ދުރުވުމުގެކުރިން މި މަސައްކަތް ކޮންމެހެންވެސް ނިންމެވުމަށް ލިޔުމުން ދެންނެވުން 
  5. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް ތައްޔާރުކޮށް 13 ނޮވެމްބަރުގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 18 ނޮވެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުޙުލަތުދިނުމާއިއެކު، އިދާރާގެ ވެރިޔާ ކޮންމެހެންވެސް ނިންމަންޖެހޭ މަސައްކަތެއްވާތީ އެ މަސައްކަތް ނިމެންދެން އިދާރާގެ ވެރިޔާގެ އަހަރީ ޗުއްޓީ ހިފެހެއްޓުމާއިއެކު، ޑީ.ސެކްޝަނުގެ ފަރާތުން އެ އިދާރާއެއްގެ ވެރިޔާއަށް އަނގަބަހުން ނަސޭޙަތްތެރިވުން 
  6. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ފަންނީ މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ތަފުޞީލު ރިޕޯރޓް ތައްޔާރުކޮށް 18 ނޮވެމްބަރުގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، ޕާރމަނަންޓް ސެކްރެޓަރީ ކަނޑައަޅުއްވާ ގޮތެއްގެމަތިން، އެ އިދާރާއެއްގެ ވެރިޔާއަށް ލިޔުމުން ނަސޭޙަތްތެރިވުން 
  7. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ހުރިހާ މުވައްޒަފުން ވަޒަންކުރެވުނުގޮތުގެ ރިޕޯރޓާއި ވަކިވަކި އިދާރާތަކުގެ މަސައްކަތު ފެންވަރު ބެލުނުގޮތުގެ ޚުލާސާ ރިޕޯރޓް ތައްޔާރުކޮށް 15 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުމަށް އިދާރާތަކުގައި ދެންނެވުން 
  8. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ހުރިހާ މުވައްޒަފުން ވަޒަންކުރެވުނުގޮތުގެ ރިޕޯރޓާއި ވަކިވަކި އިދާރާތަކުގެ މަސައްކަތު ފެންވަރު ބެލުނުގޮތުގެ ޚުލާސާ ރިޕޯރޓް ތައްޔާރުކޮށް 15 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 20 ފެބުރުއަރީގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުޙުލަތުދިނުމާއިއެކު، އެ އިދާރާއެއްގެ ވެރިޔާއަށް ލިޔުމުން އެކަން އެންގުން 
  9. އަހަރު ނިމުމުން، މުވައްޒަފާއި މަޝްވަރާކުރުމާއިއެކު، މަސައްކަތު ފެންވަރު ވަޒަންކުރިގޮތުގެ ފޯރމު ފުރިހަމަކޮށް ނިންމުން 
  10. އަހަރު ނިމުމުން، ސުޕަރވައިޒަރާ މަޝްވަރާކޮށް މަސައްކަތުގެ ފެންވަރު ބަލާ ފޯރމު ފުރިހަމަކުރުން 
  11. އިދާރާގެ ވަކިވަކި މުވައްޒަފުން ވަޒަންކުރެވުނު ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް، ޗެކްކުރުމަށްފަހު، ރިޕޯރޓް ޕީ.އޭ ޔުނިޓަށް ފޮނުވުން 
  12. އިދާރާގެ މަސައްކަތު ފެންވަރު ބެލުނުގޮތުގެ ޚުލާސާ ރިޕޯރޓް ތައްޔާރުކޮށް، ޗެކްކުރުމަށްފަހު، ރިޕޯރޓް ޕީ.އޭ ޔުނިޓަށް ފޮނުވުން 
  13. މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި މުވައްޒަފާއިއެކު ބައްދަލުވުން ބާއްވާ މާރކްސް ދިނުން 
  14. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ހުރިހާ މުވައްޒަފުން ވަޒަންކުރެވުނުގޮތުގެ ރިޕޯރޓާއި ވަކިވަކި އިދާރާތަކުގެ މަސައްކަތު ފެންވަރު ބެލުނުގޮތުގެ ޚުލާސާ ރިޕޯރޓް ތައްޔާރުކޮށް 20 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، 25 ފެބުރުއަރީގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުޙުލަތުދިނުމާއިއެކު، ޑީ.ސެކްޝަނުގެ ފަރާތުން އެ އިދާރާއެއްގެ ވެރިޔާއަށް އަނގަބަހުން ނަސޭޙަތްތެރިވުން 
  15. ދާއިރާގެ އިދާރާތަކުގެ ވަކިވަކި ހުރިހާ މުވައްޒަފުން ވަޒަންކުރެވުނުގޮތުގެ ރިޕޯރޓާއި ވަކިވަކި އިދާރާތަކުގެ މަސައްކަތު ފެންވަރު ބެލުނުގޮތުގެ ޚުލާސާ ރިޕޯރޓް ތައްޔާރުކޮށް 25 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، ޕާރމަނަންޓް ސެކްރެޓަރީ ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއްގެ ވެރިޔާއަށް ލިޔުމުން ނަސޭޙަތްތެރިވުން 
  16. ފޯރމުތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯރމުތައް ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، ވަކިވަކި އިދާރާތަކުގެ އަހަރީ ރިޕޯރޓްތައް ބަލައިގަތުމާއި އެކަމުގެ ރެކޯރޑް ބެލެހެއްޓުން 
  17. ފޯމު ފުރުމުގައި ނިމިދިޔަ އަހަރު ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތްކުރެވިފައިވާކަން ކަށަވަރުކުރުން 
  18. ދާއިރާގެ ވަކިވަކި މުވައްޒަފުންގެ ފެންވަރު ބެލި، މާރކްސް ދެވިފައިވަނީ ރަނގަޅަށްކަން ކަށަވަރުކުރުން 
  19. މަސައްކަތުގެ ފެންވަރު ބަލާ ފޯރމުތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ފޯރމުތައް ވަކިވަކި މުވައްޒަފުންގެ މަޢުލޫމާތު ފައިލަށް ލުން 
  20. މުވައްޒަފަކު އެދިލައްވައިފިނަމަ، އެ މުވައްޒަފަކު ވަޒަންކުރުމުގައި ބޭނުންކުރެވުނު މަސައްކަތު ފެންވަރު ބެލިގޮތުގެ ފޯރމުގެ ކޮޕީއެއް މުވައްޒަފަށް ދިނުން

=http://vazankurun.blogspot.in ބްލޮގުން ނަގާފައިވާ ލިޔުމެއް=
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ