» » ސަރކިއުލަރ 05-2013

ސަރކިއުލަރ 05-2013

ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ އިޞްލާޙުކުރުން

ދިވެހި ސިވިލް ސަރވިސް ގަވާއިދު 2010 ގެ 165 ވަނަ މާއްދާ "ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެންދޭ ޗުއްޓީ"، އިޞްލާޙުކޮށް، އެ އިޞްލާޙު، 13 މެއި 2013 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ.  13 މެއި 2013 ވަނަ ދުވަހުން ފެށިގެން، މި ޗުއްޓީ ނަންގަވާ ފަރާތްތަކަށް މި ޗުއްޓީ ދިނުމުގައި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.  ނަމަވެސް، އެ ތާރީޚުގެ ކުރިން ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެންދޭ ޗުއްޓީގައި ތިބެއްވި ފަރާތްތަކުގެ ޗުއްޓީ ގުނާނީ 13 މެއި  2013 ވަނަ ދުވަހާއި ހަމައަށް ބަންދު ދުވަސްތައް ހިމަނައިގެންނެވެ.  ނަމަވެސް އެމުއްދަތުގެ ފަހުން ޗުއްޓީގައި ބާކީ އެއްވެސް މުއްދަތެއް އޮތްނަމަ، އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.
ވުމާއެކު، މިގޮތުގެ މަތިން ސިވިލް ސަރވިސް މުވައްޒަފުންނާއި އިދާރާތަކުން ޢަމަލު ކުރައްވަމުން ގެންދެއްވުން އެދި ދެންނެވީމެވެ.

ސަރކިއުލާ ވިދާޅުވެލެއްވުމަށް 

ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ