ރަމަޟާން މަސް ފިޔަވާ އެހެން މަސްމަހު ރަސްމީގަޑިގައި މެދުނުކެނޑި މަސައްކަތް ކުރާ ތަންތަނުގައި މެންދުރު 12:00 ން 14:00 އާދޭތެރޭގައި އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ދޭންވާނެ.
ރަމަޟާން މަސް ފިޔަވާ އެހެން މަސްމަހު ރަސްމީގަޑިގައި މެދުނުކެނޑި މަސައްކަތް ކުރާ ތަންތަނުގައި މެންދުރު 12:00 ން 14:00 އާދޭތެރޭގައި އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ދޭންވާނެ.
ދަންފަޅީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ
މަސައްކަތު ގަޑިއަކީ ދަންފަޅި ކަނޑައެޅިފައި އޮންނަ ގޮތް.
އޮފީސް ހުޅުވާ މުވައްޒަފު ރަސްމީ ގަޑިފެށުމުގެ 10
މިނެޓްކުރިން އޮފީސް ހުޅުވަންވާނެ.
ކޮންމެ މުވައްޒަފަކުވެސް މަސައްކަތްކުރަންޖެހޭ ހުރިހާ ދުވަހަކު
ގަޑިއަށް ހާޟިރުވާންވާނެ. ހާޒިރުނުވާނަމަ ހުންނަންވާނީ އެކަމާގުޅޭ ޗުއްޓީއެއްގައި.
ހާޒިރުނުވެ ގަވާއިދުން އޮފީހަށް ނާންގައި ހުރެއްގެނަމަ ބަލާނީ ޣައިރު
ޙާޒިރީއެއްކަމަށް.
ބަލިވެގެން ސަލާމް ބުނާނަމަ މަސއްކަތު ގަޑި ފެށޭތާ 1 ގަޑިއިރު
ތެރޭގައި ކަނޑައަޅާފަރާތަކަށް އެންގުން. މިގޮތުން ނާންގައިފިނަމަ ނާންނަ
ދުވަހެއްކަމުގައި ބަލައި އިޞްލާހި ފިޔަވަޅު އެޅުން.
ވިދިވިދިގެން 02 ދުވަހަށްވުރެ ގިނަދުވަހު ސަލާމުގައި
ހުރެއްޖެނަމަ ސެޓްފިކެޓް ހުށަހެޅުން.
ވަޒީފާއެއް އޮތުމަށް ބޭނުންވާ ހަމައެކަނި ސަބަބަކީ
އަދާކުރަންޖެހޭ ޒިންމާތައް ގަޑިޔަށް އަދާކުރުން. މަސައްކަތައް ހާޒިރުވެ
މަސައްކަތުގައި ދެމިހުރުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗައް ލާޒިމް ކަމެއް.
ވީނުވީއެއްނާންގައި 15 ދުވަހު އޮފީހަށް ހާޒިރުނުވެ
ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ.
ރަސްމީގަޑިގައި އަމިއްލަބޭނުމަށް އޮފީހުން ބޭރަކަށް
ނުދެވޭނެ. ކޮންމެހެން ނުގޮސް ނުވެއްޖެ ހާލަތެއްގައި ވެރިމީހާއަށް އެކަން
ބަޔާންކޮށްދީ، ހުއްދަލިބިގެން ދެވިދާނެ. މިވަގުތާއި ސަބަބު ރެކޯޑުކުރެވިފައި
އޮންނަންވާނެ.
ހިންގުމާއި ހަވާލުވެ ތިއްބަވާ މުވައްޒަފުން ރަސްމީ
ދުވަހެއް ނުވަތަ ބަންދު ދުވަހެއްގައި ނަމަވެސް ޗުއްޓީ ނެގުމަކާނުލައި އިޖާބަ
ނުދެވޭ ހިސާބަށް ދާންވާނީ ވެރިޔަކަށް އެންގުމަށްފަހު.
ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ ގަޑި
ޖެހޭނެ. މިސާލު (10:00:00 ހާޒިރުވާންޖެހޭނަމަ 10:00:01ގައި ގަޑިޖެހޭނެ)
ހާޒިރުވުމަށްފަހު ހާޟިރުވި ގަޑި ރިކޯޑުކުރަންވާނެ، ކުރިން
ހާޒިރުވި ނަމަވެސް ގަޑި ރެކޯޑް ކުރެވިފައި ނުވާނަމަ ގަޑިޖެހޭނެ.
ހާޒިރުވި ގަޑިބަލާނީ ރެކޯޑުކުރި ވަގުތުން ފަށައިގެން.
އޮފީސް ހުޅުވުން ލަސްވެއްޖެނަމަ އެތަނުގައިހުރި އެންމެ
އިސްމުވައްޒަފަކު އެހެން މުވައްޒަފުން ހަޒިރުވި ގަޑި ނޯޓުކުރަންވާނެ
ގަޑި ޖެހިއްޖެނަމަ ގަޑިޖެހުނު މިންވަރަކަށް ގަޑީލާރި ކެނޑޭނެ. ގަޑީލާރި
ކެނޑުމަށް ވަގުތު ބަލާނީ މިނެޓުން.
އޮފީހުން އަންގައިގެން ނުރަސްމީގަޑީގައި ގަޑިއަށް
ހާޒިރުނުވެއްޖެނަމަ ގަޑިޖެހޭނެ އަދި މިފަދަ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު
އަޅަންވާނެ.
ގަޑީލާރީގެ ގޮތުގައި ދުވާލަކަށް ގިނަވެގެން ނެގޭނީ
އެދުވަހެއްގެ މުސާރަ. އާދަވެ ގަޑިޖެހޭނަމަ އިސްލާހީ ފިޔަވަޅު އަޅަންވާނެ.




