» » ފެންވަރު ބެލުން - މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން

ފެންވަރު ބެލުން - މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން


މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތް އަމާން އޮމާންކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަކުރުން މުހިންމެވެ.
  1. މުވައްޒަފުންގެ ވަޒީފާ ބަޔާން ވަނީ ސުޕަރވައިޒަރާއި އަދި މަސައްކަތުގެ ފެންވަރު ބެލޭ މުވައްޒަފުންނަށް ރަނގަޅަށް ސާފުކޮށްދެވި އެއްބަސް ވެވިފައިކަން ކަށަވަރުކުރުން 
  2. މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތަކާއިބެހޭގޮތުން ސުޕަރވައިޒަރާއި މަޝްވަރާކޮށް އެކަންކަން ހައްލުކުރުން 
  3. ޓާރގެޓްތަކާއި އެއްގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށްދޭތޯ ބަލާ، ލަފަޔާއި އިރުޝާދު ދިނުން އަދި އިސްލާޙީ ފިޔަވަޅުތައް އަޅަމުން ގެންދިއުން 
  4. ދާއިރާގެ ވަކިވަކި އިދާރާތަކުގައި މަސައްކަތު ފެންވަރު ބެލުމަށް ރަނގަޅު މާހައުލެއް ޤާއިމުކުރެވިފައިވާކަން ކަށަވަރުކުރުން 
  5. ދާއިރާގެ ހުރިހާ އިދާރާތަކުން، މުވައްޒަފުން މަސައްކަތްކޮށްފައިވާ ގޮތުގެ ރެކޯރޑް ބަލަހައްޓާފައިވާކަން ކަށަވަރުކުރުން 
  6. މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައް ހިނގަމުންދަނީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށްގެން، އިންސާފުވެރި ގޮތެއްގެ މަތިންކަން ކަށަވަރުކުރުން 
  7. ދާއިރާގެ ވަކިވަކި މުވައްޒަފުންގެ މަސައްކަތް އަހަރުދުވަހުގެ ތެރޭގައި ސުޕަރވައިޒްކުރާނެގޮތެއް ރޭވިފައިވާކަން ކަށަވަރުކުރުން 
  8. މަސައްކަތުގެ ފެންވަރު ބެލުމާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހައްލުކުރުން 
  9. މަސައްކަތު ފެންވަރު ވަޒަންކުރުމާއިބެހޭ ރެކޯރޑްތައް ބެލެހެއްޓުން 
  10. ދާއިރާގެ ހުރިހާ އިދާރާތަކުން، މުވައްޒަފުން މަސައްކަތްކޮށްފައިވާ ގޮތުގެ ރެކޯރޑް ބަލަހައްޓާފައިވާކަން ކަށަވަރުކުރުން 
  11. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ޤަވާޢިދުން ކުރިޔަށްދޭތޯ ބެލުން

=http://vazankurun.blogspot.in ބްލޮގުން ނަގާފައިވާ ލިޔުމެއް=
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ