
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ޓާރގެޓް ކަނޑައަޅާއިރު އަންނަނިވި މަސައްކަތްތައް ފުރިހަމަކުރުން މުހިންމެވެ.
- ދާއިރާގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި ޓާރގެޓް ކަނޑައަޅާ ފޯރމުތައް ފުރިހަމަކުރުމަށްފަހު، މަސައްކަތް ނިމުނުގޮތުގެ ރިޕޯރޓް 10 ފެބުރުއަރީގެ ކުރިން ޕީ.އޭ ޔުނިޓަށް ފޮނުވުމަށް އިދާރާތަކުގައި ދެންނެވުން
- އިދާރާގެ ހުރިހާ މުވައްޒަފުންގެ ޕާރސަނަލް ފައިލް ތައްޔާރުކޮށް، ސެކްޝަން 1 ގައިވާ "މަސައްކަތުގެ ފެންވަރު ބެލޭ މުވައްޒަފާބެހޭ މަޢުލޫމާތު" އެ މުވައްޒަފެއްގެ މަޢުލޫމާތު ފައިލުގައިވާ އަސްލު ރެކޯޑްތަކާ އެއްގޮތަށް ފުރިހަމަކުރުން
- އިދާރާގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި ޓާރގެޓް ކަނޑައަޅާ ފޯރމުތައް ފުރިހަމަކުރުމަށްފަހު، މަސައްކަތް ނިމުނުގޮތުގެ ރިޕޯރޓް 10 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުން
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ކަނޑައަޅައި، ވަޒީފާގެ އެއްބަސްވުން ނިންމާ، ވަޒީފާ ބަޔާން ނިންމާ، މަސައްކަތްތަކުގެ މައްޗަށް ޓާރގެޓްތައް ކަނޑައަޅައި މަސައްކަތުގެ ފެންވަރު ބަލާ ފޯރމުގައި ލިޔެ، ވަކިވަކި މުވައްޒަފުންލައްވާ ސޮއިކުރުވުން
- މަސައްކަތު އަހަރުގެ ޓާރގެޓް ކަނޑައެޅުމުގައި މުވައްޒަފުންނާއި މުޢާމަލާތުކުރެވިފައިވޭތޯ ބެލުން
- ދާއިރާގެ ހުރިހާ މުވައްޒަފުންގެ ޓާރގެޓް ކަނޑަޢެޅިފައިވާކަން ކަށަވަރުކުރުން
- ދާއިރާގެ ހުރިހާ މުވައްޒަފުންގެ ޓާރގެޓް ކަނޑައެޅުމުގައި ނިމިދިޔަ އަހަރުގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތަށް ރިޢާޔަތް ކުރެވިފައިވާކަން ކަށަވަރުކުރުން
- ދާއިރާގެ ހުރިހާ މުވައްޒަފުންގެ ޓާރގެޓް ކަނޑައެޅުމުގައި މުވައްޒަފާއި ސުޕަރވައިޒަރާއި މަޝްވަރާ ކުރިކަން ކަށަވަރުކުރުން
- އިދާރާގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި ޓާރގެޓް ކަނޑައަޅާ ފޯރމުތައް ފުރިހަމަކުރުމަށްފަހު، މަސައްކަތް ނިމުނުގޮތުގެ ރިޕޯރޓް 10 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ ފަރާތެއް ވާނަމަ، 15 ފެބުރުއަރީގެ ނިޔަލަށް މަސައްކަތް ނިންމުމަށް މުހުލަތު ދިނުމަށްފަހު، އިދާރާގެ ވެރިޔާއަށް ލިއުމުން އެކަން އެންގުން
- އިދާރާގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި ޓާރގެޓް ކަނޑައަޅާ ފޯރމުތައް ފުރިހަމަކުރުމަށްފަހު، މަސައްކަތް ނިމުނުގޮތުގެ ރިޕޯރޓް 15 ފެބުރުއަރީގެ ނިޔަލަށް ނުނިންމާ އިދާރާއެއް ވާނަމަ، 20 ފެބުރުއަރީގެ ނިޔަލަށް ނިންމުމަށް މުޙުލަތުދިނުމާއިއެކު، ޑީ.ސެކްޝަނުގެ ފަރާތުން އިދާރާގެ ވެރިޔާއަށް އަނގަބަހުން ނަސޭޙައްތެރިވުމާއި އެކަމުގެ ރެކޯރޑް ބެލެހެއްޓުން
- އިދާރާގެ ހުރިހާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި ޓާރގެޓް ކަނޑައަޅާ ފޯރމުތައް ފުރިހަމަކުރުމަށްފަހު، މަސައްކަތް ނިމުނުގޮތުގެ ރިޕޯރޓް 20 ފެބުރުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުވާ އިދާރާއެއް ވާނަމަ، ޕާރމަނަންޓް ސެކްރެޓަރީ ކަނޑައަޅާގޮތެއްގެމަތިން އެ އިދާރާއެއްގެ ވެރިޔާއަށް ލިޔުމުން ނަސޭޙަތްތެރިވުން




