
މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ރޭވުމުގައި އަންނަނިވި މަސައްކަތްތައް ފުރިހަމަކުރުން މުހިންމެވެ.
- ދާއިރާގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭން އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް ދާއިރާގެ ސެކްޝަންތަކާއި ޔުނިޓްތައް އަދި ސުކޫލުތަކުގެ މަސައްކަތްރޭވުން
- އިދާރާގެ އެކްޝަން ޕްލޭން، އަހަރީ ކަލަންޑަރު އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އިދާރާގެ މަސައްކަތްތައް ރޭވުމަށްފަހު، (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، 25 ޖެނުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުމަށް ދެންނެވުން
- ދާއިރާގެ (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) ދާއިރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، (4) ދާއިރާގެ އަހަރީ މޮޓޯ، (5) އިދާރާތަކުގެ އަހަރީ ކަލަންޑަރު ހޯދުމަށް އެދޭ ފޯރމެޓް، (6) އިދާރާތަކުގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓްގެ ފޯރމެޓް، ދާއިރާގެ ހުރިހާ އިދާރާތަކަށް ފޯރުކޮށްދިނުން
- އިދާރާގެ އެކްޝަން ޕްލޭން، އަހަރީ ކަލަންޑަރު އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އިދާރާގެ މަސައްކަތްތައް ރޭވުމަށްފަހު، (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، 25 ޖެނުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ފޮނުވުން
- އިދާރާގެ އެކްޝަން ޕްލޭން، އަހަރީ ކަލަންޑަރު އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އިދާރާގެ މަސައްކަތްތައް ރޭވުމަށްފަހު، (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، 25 ޖެނުއަރީގެ ނިޔަލަށް ޕީ.އޭ ޔުނިޓަށް ނުފޮނުއްވާ އިދާރާއެއް ވާނަމަ، 31 ޖެނުއަރީގެ ނިޔަލަށް މަސައްކަތްފުރިހަމަ ކުރުމަށް މުހުލަތުދިނުމާއިއެކު އެކަން އިދާރާގެ ވެރިޔާއަށް ލިޔުމުން އެންގުން
- އިދާރާގެ އެކްޝަން ޕްލޭން، އަހަރީ ކަލަންޑަރު އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އިދާރާގެ މަސައްކަތްތައް ރޭވުމަށްފަހު، (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، 31 ޖެނުއަރީގެ ނިޔަލަށް މަސައްކަތްފުރިހަމަ ކުރުމަށް މުހުލަތުދިނުމާއިއެކު އެކަން އިދާރާގެ ވެރިޔާއަށް ލިޔުމުން އެންގުމަށްފަހުވެސް މަސައްކަތް ނުނިންމާ އިދާރާއެއް ވާނަމަ، 05 ފެބުރުއަރީގެ ނިޔަލަށް މުހުލަތު ދިނުމާއިއެކު، އެ އިދާރާގެ ވެރިޔާއަށް ޑީ.ސެކްޝަންގެ ފަރާތުން އަނގަބަހުން ނަސޭޙަތްތެރިވެ އެކަމުގެ ރެކޯރޑް ބެލެހެއްޓުން
- އިދާރާގެ އެކްޝަން ޕްލޭން، އަހަރީ ކަލަންޑަރު އަދި އެހެނިހެން ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އިދާރާގެ މަސައްކަތްތައް ރޭވުމަށްފަހު، (1) ސްޓެރެޓީޖިކް ޕްލޭން/އެކްޝަން ޕްލޭން، (2) އަހަރީ ކަލަންޑަރު، (3) އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތުގެ ރިޕޯރޓް، 05 ފެބުރުއަރީގެ ނިޔަލަށް މުހުލަތު ދިނުމާއިއެކު، އެ އިދާރާގެ ވެރިޔާއަށް އަނގަބަހުން ނަސޭޙަތްތެރިވުމުންވެސް މަސައްކަތް ނުނިންމާ އިދާރާއެއް ވާނަމަ، އެ އިދާރާއެއްގެ ވެރިޔާއަށް ޕާރމަނަންޓް ސެކްރެޓަރީ ކަނޑައަޅާ ގޮތެއްގެމަތިން ލިޔުމުން ނަސޭޙަތްތެރިވުން




