» , , » ސަރކިއުލަރ 08-2013

ސަރކިއުލަރ 08-2013

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމް

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަކަށް ޢައްޔަން ކުރުމުގައި ފުރިހަމަވާން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް
ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތްހެދުން އަދި ޚިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން އެމީހެއްގެ މައްޗަށް ޝަރީޢަތަށް ސާބިތުވެފައި ނުވުން ހިމެނިފައިވާތީ އާއި، އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި “އަޚްލާޤީ މިންގަނޑާއި ޤައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއްތޯ ބަލައި، ވަޒީފާއަށް ޢައްޔަން ކުރުމުގައި ގޮތެއް ނިންމުމަށް ބަޔާންކޮށްފައިވާތީ، މިކަންތައްތައް ކަށަވަރު ކުރުމުގެ ގޮތުން ވަޒީފާއަށް އައްޔަންކުރެވޭ މީހާގެ ކުށުގެ ރެކޯޑެއް އޮތްތޯ ބެލުމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޖަދުވަލް 3 ގައިވާ “ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމް” އަށް އިޞްލާހުތަކެއް ގެނެސް، އެ ފޯމް މި ސަރކިއުލަރ އާއެކު އާއްމު ކުރަމެވެ.
ވުމާއެކު، 15 ޖޫން 2013 އިން ފެށިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް ސިވިލް ސަރވިސްގެ އިދާރާތަކުން މި ސަރކިއުލަރ އާ އެކުގައިވާ ނަމޫނާ ފޯމު ދޫކުރެއްވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ކުރިން ދޫކުރެވިފައިވާ ނުވަތަ ފުރިހަމަ ކުރެވިފައިވާ ފޯމުތައް ކުރިއެކޭވެސް އެއްގޮތަށް ކޮމިޝަނަށް ބަލައިގަންނާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ


ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ