ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް 2014
.jpg)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އޮފީސް އޮފީހަށް ހިންގުމުގެ ޒަމާނީ އާ ގޮތްތައް ތަޢާރަފް ކުރުމުގެ އިނާމު (ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް) 2014 ވަނަ އަހަރު ދިނުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
2012 ވަނަ އަހަރު
ތަޢާރަފް ކުރެވުނު ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑްގެ ބޭނުމަކީ ރައްޔިތުންނަށްދޭ
ޚިދުމަތް ހަލުވި ކުރުމަށް، ނުވަތަ އޮފީހުގެ މަސައްކަތުގެ ފެންވަރާއި ޚިދުމަތް
ދިނުމުގެ ފެންވަރު މަތި ކުރުމަށް، ނުވަތަ އޮފީހުގެ ޚަރަދުތައް ކުޑަ ކުރުމާއެކު
ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުން އިސްނަގައިގެން ކުރާ ކަންތައްތަކަށް
ހިތްވަރުދީ އެފަދަ މަސައްކަތް ކުރާ ތަންތަން ފާހަގަ ކުރުމެވެ.
މިގޮތުން 2012 އަދި 2013 ވަނައަހަރު
ކުރެވިފައިވާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން މި އިނާމު ދިނުމަށް
ހަމަޖެހިފައިވާ ދާއިރާތަކުން މި އިނާމު ދިނުމުގެ ހަމަތަކަށް ފެތޭ މަސައްކަތްތައް
މި އިނާމަށް ހުށަހަޅަން ޝައުޤުވެރިވާކަން މި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު
މިއަދުން ފެށިގެން ހުޅުވާލަމެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހުގެ
ތާރީޚަކީ 31 ޖުލައި 2013 ވާ ބުދަ ދުވަސް ކަމުގައި ދަންނަވަމެވެ. އަދި
މަސައްކަތްތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ
30 ޖަނަވަރީ 2014 ވާ ބުރާސްފަތި ދުވަސް ކަމުގައިވެސް ދަންނަވަމެވެ. މި އިނާމަށް
މަސައްކަތް ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި ސަރކިއުލަރ
އާއެކު ފޮނުވީމެވެ. އަދި މި ކަމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިންވެސް މަޢުލޫމާތު
ލިބިވަޑައިގަންނަވާނެއެވެ.
ޑައުންލޯޑް ކުރައްވާ




