![]() |
| ސީ އެސް ޓީ އައި ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން |
ދިވެހި
ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:
|
(ހ)
|
އެ މުވައްޒަފަކު ވަޒީފާ
އަދާކުރާ އޮފީހުގެ މަޤްޞަދުތަކާއި އަމާޒުތައް ޙާޞިލުކުރުމުގައި، ޚަރަދުކުޑަކޮށް،
ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާވާނޭ އުޞޫލުތަކުން، އެމުވައްޒަފަކު
ވަޒީފާ އަދާކުރާ އޮފީހުގެ މަޤްޞަދުތަކާއި އަމާޒުތަކާއި ލަނޑުދަނޑިތައް
ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
|
|
(ށ)
|
އެ މުވައްޒަފެއްގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި އުފެއްދުންތެރި ވިސްނުމާއި ފިކުރު
ގެންގުޅެ، މަސައްކަތުގެ ދާއިރާގައި ދިމާވާ ކަންކަން ޙައްލު ކުރުމުގައި
އައުގޮތްތައް ހޯދައި ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް
ކުރަންވާނެއެވެ.
|
|
(ނ)
|
އެ މުވައްޒަފަކާ
ޙަވާލުކުރެވޭ ކަންކަން އެކަމެއް ނިންމަންޖެހޭ ވަގުތަށް ނިންމަންވާނެއެވެ.
|
|
(ރ)
|
އެ މުވައްޒަފަކާ ޙަވާލުކުރެވޭ
ކަންކަން ކުރާންވާނީ ޕްރޮފެޝަނަލް ކަމާއެކު ކަމަށް ކަމޭ ހިތައިގެންނެވެ.
|
|
(ބ)
|
އެ މުވައްޒަފެއްގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ތިމާގެ ނުވަތަ އެހެންފަރާތެއްގެ
މަޞްލަޙަތަށް ބުރަވެގެން ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.
|
|
(ޅ)
|
ނާޖާއިޒު ފައިދާއެއް ތިމާއަށް
ލިބިދާނޭ ވަޒީފާގެ ރަސްމީ އެއްވެސް މަސައްކަތެއް ކުރުމުންނާއި، ނިންމުންތައް
ނިންމުމުގެ މަރުޙަލާތަކުން ތިމާ އަމިއްލައަށް ތަނާޒިލްވެ، އެފަދަ އަމިއްލަ
ފައިދާއެއް ހިމެނޭކަމެއް ނުވަތަ ތިމާގެ މަސްލަޙަތާ ފުށުއަރާ އެއްވެސް ޙާލަތެއް
މެދުވެރިވެއްޖެނަމަ އެކަމެއް ވަންހަނާ ނުކޮށް އެކަމެއް ކަމާބެހޭ ފަރާތްތަކަށް
ފާޅުކޮށް އަންގަންވާނެއެވެ.
|
|
(ކ)
|
ވަޒީފާ އަދާކުރުމާ ގުޅޭގޮތުން
ތިމާގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށާއި ވަޒީފާ ފުރިހަމަގޮތުގައި
އަދާކުރުމަށް ބޭނުންވާނޭ އިތުރު މަޢްލޫމާތާއި ހުނަރުތައް އުނގެނުމަށްޓަކައި
މަސައްކަތްކޮށް އެކަމަށް ފުރުޞަތު ހޯދަންވާނެއެވެ.
|
|
(އ)
|
ދައުލަތުގެ ފައިސާއާއި
ގުޅޭކަންކަމުގައާއި ސަރުކާރުގެ މުދަލާބެހޭގޮތުން އެކިއެކި މުޢާމަލާތު
ކުރުމުގައާއި، ދައުލަތުގެ މުދަލާއި ޙަވާލުވެ ގެންގުޅުމުގައާއި ދައުލަތުގެ
އެހެނިހެން ވަޞީލަތްތައް ބޭނުން ކުރުމުގައި އަމާނާތްތެރިވެ ޖަވާބުދާރީ
ވާންވާނެއެވެ.
|
|
(ވ)
|
ދައުލަތުގެ ފައިސާއާއި
މުދަލާއި އެހެނިހެން ވަޞީލަތްތައް ބޭނުން ކުރަންވާނީ ހަމައެކަނި އެކަމަށް
ކަނޑައެޅިފައިވާ އަދި އެކަމަށް ހުއްދަކުރެވިފައިވާ މަސައްކަތަށެވެ.
|
|
(މ)
|
އެ މުވައްޒަފެއްގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ހަރުދަނާ، ނަތީޖާ ހާޞިލުކުރެވޭ، ހާމަ
އަދި ޖަވާބުދާރީވުމުގެ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ އުޞޫލަކުން ކަން ހިންގުމަށް
ބާރު އަޅަންވާނެއެވެ.
|
|
(ފ)
|
އެ މުވައްޒަފެއްގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފެންނަ ކޮރަޕްޝަންގެ ޢަމަލުތަކާއި،
މަކަރާއި ހީލަތް ހެދުމުގެ ޢަމަލުތަކާއި، ޚިޔާނާތުގެ ޢަމަލުތަކާއި، ތިމާގެ މީހުންނާ
ރައްޓެހިންނަށް އިސްކަންދިނުމުގެ ޢަމަލުތަކާއި، އިދާރީ ހިންގުމަށް ބުރޫއަރާނެ
ޢަމަލުތަކާއި މިނޫންވެސް ޤާނޫނާ ޚިލާފު ޢަމަލުތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު
ކުރަންވާނެއެވެ.
|
|
(ދ)
|
އޮފީހުގެ އިސްވެރިން، ނުވަތަ
އެހެން އިދާރާއަކުން ތިމާކުރެން ލަފައަކަށް ނުވަތަ މަޝްވަރާއަކަށް އެދިއްޖެނަމަ
ވަކި ފަރާތަކަށް ނުޙައްޤުން ބުރަނުވެ ތެދުވެރިކަމާއެކު ލަފަޔާއި މަޝްވަރާދީ،
ތެދުވެރިކަމާއެކު އެއްވެސް ގޮތަކުން ވަންހަނާ ނުކޮށް ލިބިހުރި އެންމެހައި މަޢުލޫމާތުދީ،
ވީ އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރުކޮށް ދޭންވާނެއެވެ.
|
|
(ތ)
|
ދައުލަތުގެ ސިއްރު ކަމުގައި
ހިމެނޭ ނުވަތަ ދައުލަތުގެ ސިއްރުކަމުގައި ބެލެވިދާނޭ އެންމެހައި ކަންކަމާއި، ލިޔެކިޔުމާއި،
ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
|
|
(ލ)
|
އޮފީހުގެ މަސައްކަތާބެހޭ
މަޢުލޫމާތު އެކަމަށް އޮފީހުން ކަނޑައަޅާފައިވާ އުޞޫލުން މެނުވީ ހާމަކޮށް
ހަދައިގެންނުވާނެއެވެ.
|
|
(ގ)
|
އެ މުވައްޒަފެއްގެ
މަސައްކަތުގެ ދާއިރާގައި ޕްރޮފެޝަނަލް މިންގަނޑުތަކެއް އެކަށައެޅިފައިވާނަމަ
އެމިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
|





