» , » މާއްދާ 27: މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުން

މާއްދާ 27: މުވައްޒަފުންގެ މެދުގައި އޮންނަންވާނޭ ގުޅުން

ސީ އެސް އައި ޓީ ވޯކްޝޮޕްގެ ތެރެއިން
















ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުމެ:
ޢާންމު މަޞްލަޙަތާއި ރައްޔިތުންގެ ފައިދާ ކުރިއެރުވުމަށްޓަކައި އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް އެއްބާރުލުން ދޭންވާނެއެވެ.
(ހ)
އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެމުވައްޒަފަކަށް އެކިއެކި އެންގުން އަންގައި އިރުޝާދު ދިނުމަށް އައްޔަން ކުރެވިފައިތިބޭ ފަރާތްތަކުން އަންގާ ކަންކަމަކީ، ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވާއިދާ ޚިލާފުކަމަކަށް ނުވާނަމަ، އެ ކަންކަމަށް އަމަލުކުރަން ޖެހޭނޭ ކަންކަމެވެ.
(ށ)
އެ މުވައްޒަފަކު އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާ ކަންކަމާއި، ހިންގާ ޙަރަކާތްތަކުގައި ތިމާގެ މީހުންނާއި ރައްޓެހިންނަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ނ)
އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި އެމުވައްޒަފެއްގެ މަޤާމުގެ ބޭނުންކޮށް އެހެން މުވައްޒަފުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ހަދައިގެން ނުވާނެއެވެ. އަދި އެމުވައްޒަފުގެ ބޭނުން ނާޖާއިޒު ގޮތުގައި އެހެން މުވައްޒަފަކަށް ހިފިޔަ ދީގެންވެސް ނުވާނެއެވެ.
(ރ)
އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތުއަދާ ކުރުމުގައި، އަދި އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގައި ހިނގާ ކަންކަމާ ގުޅޭގޮތުން އެއްވެސް ހިތްހަމަނުޖެހުމެއް ކުރިމަތި ވެއްޖެނަމަ، އެކަމެއް ޙައްލުކުރަންވާނީ އެކަންކުރުމަށް ޤަވާޢިދު ހަމަޖެހިފައިވާ ގޮތަށެވެ. އަދި އެ ހިތްހަމަނުޖެހުމެއް ފާޅު ކުރަންވާނީވެސް އެކަމަކަށް ކަނޑައެޅިފައިވާ އުޞޫލުންނެވެ.
(ބ)
އެ މުވައްޒަފެއްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ ރޫޙު ހިފެހެއްޓުމަށާއި، މުވައްޒަފުންގެ މެދުގައި ހަރުދަނާ އަދި އެކުވެރި މާޙައުލެއް ޤާއިމުކުރުމުގެ ޢަޒުމު ކަނޑައަޅައި މަސައްކަތް ކުރަންވާނެއެވެ.
(ޅ)
އެހެން މުވައްޒަފުންނާއެކު މުޢާމަލާތް ކުރަންވާނީ އެމުވައްޒަފެއްގެ ކުލައަށް، ޖިންސަށް، ނަޞްލަށް، އިޖްތިމާޢީ ދަރަޖައަށް ނުވަތަ މަޤާމަށް، ވާހަކަދައްކާ ބަހަށް، ނުކުޅެދުންތެރިކަމަކަށް، ނުވަތަ ސިޔާސީ ގޮތުން ޤަބޫލުކުރާ ޤަބޫލުކުރުމަކަށް، ނިސްބަތް ކުރުމަކަށް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއި އެކު ފަންނީ ގޮތުގައެވެ.
(ކ)
ވަޒީފާ އަދާ ކުރަންވާނީ ސިޔާސީ ހަރަކާތުން އެއްކިބާވެ ހުރެއެވެ. އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގައިގެން ނުވާނެއެވެ.
(އ)
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ