» , , » މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާއިން ރައްކާތެރިކުރުމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް

މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާއިން ރައްކާތެރިކުރުމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް


ސަރުކާރުގެ 100 ދުވަހުގެ ރޯޑްމެޕުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ސިވިލް ސަރވިސް ކޮމިޝަނާއި ޙަވާލުކުރައްވާ ފައިވާ އެންމެ މުހިއްމު މަސައްކަތުގެ ތެރެއިން، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގެ ތެރެއިން ލިބިދާނެ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއިން ރައްކާތެރި ކުރުމުގެ ގޮތުން ހިންގުނު ހޭލުންތެރިކަމުގެ ޕްރޮގްރާމް 2014 ވީ ހޮނިހިރު ދުވަހު ބ. ދަރަވަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.   

ދަރަވަންދޫގައި މަސައްކަތް ކުރައްވާ އެންމެހާ ސިވިލް ސަރވިސް މުވައްޒަފުންނަށް މި ޕްރޮގްރާމް ހިންގިފައިވަނީ، މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާގޮތުގެ މަތިން 2 ސެޝަނަކަށް ބަހާލައިގެންނެވެ. ކޮންމެ ސެޝަނެއްގައި 23 މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

މި ޕްރޮގްރާމްގައި ސިވިލް ސަރވިސް ޤަވާއިދުގެ ޗެޕްޓަރ 25 "މުވައްޒަފުންނަށް ގޯނާކުރުން" އަހުލުވެރި ކުރުމުގެ ސެޝަންކާއި،  މަސައްކަތުގެ މާހައުލުގައި ނަފްސާނީ އަދި ޖިސްމާނީ ގެއްލުމެއް މީހަކަށް ލިބޭކަމުގައި ވާކަމަށް ހީވާނަމަ ކެރިގެން މިފަދަ ކަންކަމާއި ދެކޮޅަށް ތެދުވެ ޢަމަލު ކުރާނެގޮތް ތަކެއް އޮޅުން ފިލުވާދެވުނެވެ.


މި ޕްރޮގްރާމް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރ ދައްކާލެވުނެވެ. 

މިސެޝަން ކުރިއަށް ގެންގޮސްދެއްވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުޙައްމަދު ފަތުޙީއެވެ.
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ