» , , » ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑް ސާފުކުރަންޖެހޭނީ ވަޒީފާ ދިނުމަށް ފަހުގައި ކަމަށް ހަމަޖައްސަވައިފި

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑް ސާފުކުރަންޖެހޭނީ ވަޒީފާ ދިނުމަށް ފަހުގައި ކަމަށް ހަމަޖައްސަވައިފި

2014 ސެޕްޓެމްބަރުން 18 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑު ސާފުކުރަންޖެހޭނީ، ވަޒީފާ ދިނުމަށް ފަހުގައި ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައި، އެކަން ސިވިލް ސަރވިސްގެ އެންމެހައި އިދާރާތަކަށް ސަރކިއުލާއަކުން އަންގަވައިފިއެވެ. 2014 ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 1104 ވަނަ ބައްދަލުވުމުގައި މިގޮތަށް ޢަމަލުކުރުމަށްވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ ރެކޯޑެއް އޮތް މީހެއްތޯ ކަށަވަރު ކުރުމުގެ ގޮތުން ކުށުގެ ރެކޯރޑް ސާފުކޮށް ދިވެހި ސިވިލް ސަރވިސްގެ ގަވައިދުގައި ކަނޑަ އެޅިފައިވާ ފޯމުން ހުށައަޅަން ޖެހޭ ޖެހުމަށް ދިގުމުއްދަތެއް ހޭދަވުމާއި، ވަޒީފާތަކަށް މީހުން ނެރުމުގައި އެކަށީގެން ނުވާ ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޙިދުމަތް ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތި ވަމުން އަންނާތީއެވެ. އަދި ވަޒީފާ ދޭ ތާރީޚުންފެށިގެން 30 ދުވަހުގެ ތެރޭގައި ކުށުގެ ރެކޯރޑް ފުރިހަމަ ކުރުމަށްފަހު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަށް ހުށަހެޅުއްވުމަށް އިދާރާތަކުން މުވައްޒަފަށް އަންގަވަންވާނޭކަމަށް ވެސް މިސަރކިއުލަރގައި ބުނެފައިވެއެވެ.


ސިވިލް ސަރވިސް ކޮމިޝަންގެ ވެބް ސައިޓުންނަގާފައި
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ