"ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދު 2014" މިއަދު ދިވެހި ސަރުކާރުގެގެޒެޓްގައި ޝާއިޢުކޮށް، 2014
ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް ޢަމަލު ކުރުމަށް ސިވިލް
ސަރވިސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ. އެހެންކަމުން ޤާނޫނު ނަންބަރު 2007/5
(ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން
ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފައިވާ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު
2010" އަދި އެ
ގަވާއިދަށް ގެނެވުނު 22 އިސްލާޙު، "ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014" އަށް ޢަމަލު ކުރާ ތާރީޚުން ފެށިގެން
ބާޠިލްވާނެއެވެ. އެހެން ނަމަވެސް އެކި އިދާރާތަކަށް ޚާއްސަކޮށްގެން
ގެޒެޓްކޮށްފައިވާ ގަވާއިދުތައް، ބާޠިލު ކުރެވޭ އިސްލާޙުތަކުގެ ތެރޭގައި
ނުހިމެނޭނެއެވެ. މި ގަވައިދު އެކުލަވައިލާފައިވަނީ ޢާންމު ފަރާތްތަކާއި، ސިވިލް
ސަރވިސްގެ މުވައްޒަފުންނާއި، އެކިއެކި އިދާރާތަކާއި، ސަރުކާރުން ދެއްވައިފައިވާ
ޚިޔާލުތަކާމެދު މަޝްވަރާކޮށް އެޚިޔާލުތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
އިސްލާޙުކުރެވުނު އައު ގަވާއިދަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި
ޕްރޮގްރާމްތަކެއް ހިންގުމަށް ސިވިލް ސަރވިސް ކޮމިޝަނުންވަނީ ނިންމާފައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި