ފަހުގެ ލިޔުންތައް

ސިވިލް ސަރވިސް ދުވަހުގެ ތަހުނިޔާ


2015 ވަނަ އަހަރުގެ ސިވިލް ސަރވިސްގެ އަހަރީ ކަލަންޑަރު ޢާންމުކުރުން


ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހު ކުރިއަރުވައި، ސިވިލް ސަރވިސްގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް އާންމުކުރުމުގެ މަޤްޞަދުގައި ދިވެހި ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއާއި ކޮމިޝަނާ ގުޅިގެން އެކުލަވާލާފައިވާ 2015 ވަނަ އަހަރުގެ ސިވިލް ސަރވިސްގެ އަހަރީ ކަލަންޑަރު މި ސަރކިއުލަރއާ އެކު އާންމުކުރީމެވެ.
މި ކަލަންޑަރުގައި މަސްޢޫލު އޮފީސްތަކުން އިސް ނަންގަވައިގެން ކުރިއަށް ގެންދެވުމަށް ހިމަނާފައިވާ ހަރަކާތްތައް ކަލަންޑަރާ އެއްގޮތަށް ކުރިއަށް ގެންގޮސް ދެއްވައި، އެ ހަރަކާތްތައް ހިނގާދިޔަ ގޮތުގެ ރިފޯޓެއް މި ކޮމިޝަނަށް ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.

އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ

ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި



“ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014″ ޢާންމު ކުރުމާއި ޢަމަލު ކުރަން ފެށުން

"ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014" މިއަދު ދިވެހި ސަރުކާރުގެގެޒެޓްގައި ޝާއިޢުކޮށް، 2014 ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން އެ ގަވާއިދަށް ޢަމަލު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ. އެހެންކަމުން ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފައިވާ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010" އަދި އެ ގަވާއިދަށް ގެނެވުނު 22 އިސްލާޙު، "ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014" އަށް ޢަމަލު ކުރާ ތާރީޚުން ފެށިގެން ބާޠިލްވާނެއެވެ. އެހެން ނަމަވެސް އެކި އިދާރާތަކަށް ޚާއްސަކޮށްގެން ގެޒެޓްކޮށްފައިވާ ގަވާއިދުތައް، ބާޠިލު ކުރެވޭ އިސްލާޙުތަކުގެ ތެރޭގައި ނުހިމެނޭނެއެވެ. މި ގަވައިދު އެކުލަވައިލާފައިވަނީ ޢާންމު ފަރާތްތަކާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، އެކިއެކި އިދާރާތަކާއި، ސަރުކާރުން ދެއްވައިފައިވާ ޚިޔާލުތަކާމެދު މަޝްވަރާކޮށް އެޚިޔާލުތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ. އިސްލާޙުކުރެވުނު އައު ގަވާއިދަށް މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގުމަށް ސިވިލް ސަރވިސް ކޮމިޝަނުންވަނީ ނިންމާފައެވެ.

އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ

Circular
Dhivehi Civil Service Gavaidhu 2014



ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑް ސާފުކުރަންޖެހޭނީ ވަޒީފާ ދިނުމަށް ފަހުގައި ކަމަށް ހަމަޖައްސަވައިފި

2014 ސެޕްޓެމްބަރުން 18 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑު ސާފުކުރަންޖެހޭނީ، ވަޒީފާ ދިނުމަށް ފަހުގައި ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައި، އެކަން ސިވިލް ސަރވިސްގެ އެންމެހައި އިދާރާތަކަށް ސަރކިއުލާއަކުން އަންގަވައިފިއެވެ. 2014 ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 1104 ވަނަ ބައްދަލުވުމުގައި މިގޮތަށް ޢަމަލުކުރުމަށްވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ ރެކޯޑެއް އޮތް މީހެއްތޯ ކަށަވަރު ކުރުމުގެ ގޮތުން ކުށުގެ ރެކޯރޑް ސާފުކޮށް ދިވެހި ސިވިލް ސަރވިސްގެ ގަވައިދުގައި ކަނޑަ އެޅިފައިވާ ފޯމުން ހުށައަޅަން ޖެހޭ ޖެހުމަށް ދިގުމުއްދަތެއް ހޭދަވުމާއި، ވަޒީފާތަކަށް މީހުން ނެރުމުގައި އެކަށީގެން ނުވާ ދިގު މުއްދަތެއް ހޭދަވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޙިދުމަތް ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތި ވަމުން އަންނާތީއެވެ. އަދި ވަޒީފާ ދޭ ތާރީޚުންފެށިގެން 30 ދުވަހުގެ ތެރޭގައި ކުށުގެ ރެކޯރޑް ފުރިހަމަ ކުރުމަށްފަހު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަށް ހުށަހެޅުއްވުމަށް އިދާރާތަކުން މުވައްޒަފަށް އަންގަވަންވާނޭކަމަށް ވެސް މިސަރކިއުލަރގައި ބުނެފައިވެއެވެ.


ސިވިލް ސަރވިސް ކޮމިޝަންގެ ވެބް ސައިޓުންނަގާފައި

ސިވިލް ސަރވިސް މުވައްޒަފުންނަށް 2013 ވަނަ އަހަރަށް ބޯނަސް ދިނުން

އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ

Circular-2014-9
ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި

"ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014″ އިގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް ގެނެވުނު އެންމެހާ އިޞްލާޙުތަކާއި ސިވިލް ސަރވިސްގެ އިދާރާތަކާއި އާންމު ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދަވާ ޚިޔާލުތައް ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ގަވާއިދު އިޞްލާޙުކޮށް، ޝާޢިއުކުރުމަށް މި ކޮމިޝަނުން ކުރަމުންދާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި މި ގަވާއިދުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި ގަވާއިދުގެ ޑްރާފްޓް މި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި ޚިޔާލު ހުށަހެޅުއްވުމަށްޓަކައި ” ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އިގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުން” މި ފޯމު ފުރުއްވުމަށް ފަހު ސިޓީ، އީ- މެއިލް އަދި ފެކްސް މެދުވެރިކޮށް މި ކޮމިޝަނަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މެއި 2014 އިގެ ނިޔަލެވެ.

ވީމާ، އިސްވެ ދެންނެވުނު ގޮތަށް “ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އިގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުއްވުމަށް އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ

ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ނަގާފައި

ސިވިލް ސަރވިސް ދުވަސް 2014


2014 ވަނަ އަހަރުގެ ސިވިލް ސަރވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. ދަރަވަންދޫގައި ޚާއްޞަ ބާބަކިއުއެއް ބާއްވައިފިއެވެ.  ދަރަވަންދޫގައި ޤާއިމުކޮށްފައިވާ އެޗް އާރް ކޮމިޓީގެ އިސްނެގުމުގެ މަތިން ސިވިލް ސަރވިސްގެ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މިޙަރަކާތް އޮތީ 2014 މެއި 1 ވީ ބުރާސްފަތި ދުވަހުގެ ރޭ 2030 ބ. އަތޮޅު މަދަރުސާގެ ގޯތިތެރޭގައެވެ.  މިބާބަކިއުގައި ދަރަވަންދޫ ކައުންސިލްގެ އިދާރާ، ބ. އަތޮޅު މަދަރުސާ، ދަރަވަންދޫ ޞިއްޙީމަރުކަޒު އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.

ބާބަކިއު ތައްޔާރުކުރުމަށް ހުރިހާ މުވައްސަސާތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެން ގޮސްފައިވެއެވެ.  ގިނަ މުވައްޒަފުންތަކެއް ބައިވެރިވެ ވަރަށް އުފާވެރި މާހައުލެއްގައި މިކަން ކުރިއަށް ގެންދެވިފައިވެއެވެ.
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ